ކުރީގެ ޖެންޑަރ މިނިސްޓަރ ނީޝާ ޝަހީދް ޒަކީއަށް ދައުވާކުރަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނީ ޕީޖީއަށް ފޮނުވާފައިވަނީ ކުޑަކުދިންގެ ހިޔާއާއި ގުޅުންހުރި މައްސަލަތަކެއް ތަހުގީގްކޮށް އެމައްސަލައިގައި ދައުވާ ކުރުމަށް ކަމަށެވެ. އަދި ފޮނުވާފައިވާ ލިޔެކިޔުންތަކާއި ގުޅިގެން މަޝްވަރާ ކުރެވެމުންދާކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެެހެންނަމަވެސް މިމައްސަލާގެ އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒެނީޝާ އާއި ބަޝީރަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ޤާނޫނާއި ޚިލާފް ކަންތައްތަކެއް ކުރުމުން ނެވެ. އަދި ކުދިން ގެންދިއުމަށްފަހު ދިމާވި އެކި މައްސަލަތައް ވެސް ތަހުގީގުން ވަނީ ފާހަގަކޮށްފަ އެވެ.
މިމައްސަލާހައި ޕީޖީ އޮފީހުން ވިދާޅުވީ އެޗްއާރުސީއެމްއިން ފޮނުވާފައިވާ މައްސަލަ އެ އޮފީހުން ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި އަންނަ ހަފްތާގައި މިމައްސަލާގައި ގޮތެއް ނިންމާނެ ކަމަށެވެ.
ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާގެ އިތުރުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ވެސް ވަނީ ދައުވާ ކުރަން ފޮނުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް