ފްލައިޓް ޓްރެއިނިންގ ސްކޫލް ފެސިލިޓީސް ލީސް އެއްބަސްވުމުގައި ސޮއިކޮށްފި

ފްލައިޓް ޓްރެއިނިންގ ސްކޫލް ފެސިލިޓީސް ލީސް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާ ފްލައިޓް ޓްރޭނިންގ ސްކޫލު ހިންގުމަށް އައްޑޫ އިންޓަރނޭޝަނަލް އ...

28 Oct 2021 | 12:34

ފްލައިޓް ޓްރެއިނިންގ ސްކޫލް ފެސިލިޓީސް ލީސް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާ ފްލައިޓް ޓްރޭނިންގ ސްކޫލު ހިންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ތަންދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު އެވެެ.

ގަމު ވައިގެ ބަނދަރުގެ ވީ.އައި.ޕީ ލައުންޖުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މިހާދެވެ. އައްޑޫ އެއަރޕޯޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ގައިސް ނަސީރެވެ.

މި އެއްބަސްވުމުގެ ދަށުން އައްޑޫ އެއަރޕޯޓުގައި ހުރި ހެނގަރާއި އޮފީސް އިމާރާތެއް ފްލައިޓް ޓްރެއިނިންގ ސްކޫލުގެ ބޭނުމަށް ކުއްޔަށް ހިފާނެ އެވެ.

ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގަން ގައުމީ ޔުނިވަރސިޓީއާއި އައިލެންޑް އޭވިއޭޝަނާ ދެމެދު މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިހާދު ވިދާޅުވެފައިވަނީ ސްކޫލުގެ ކިޔެވުން މިއަހަރުގެ ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސްކޫލުގެ ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ކިޔަވައި ދެވޭނެ ކަމަށެވެ.

އަހަރެއްގެ ތެރޭގައި 80 ދަރިވަރުންނަށް ކިޔަވައިދެވޭނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޗެކް ރިޕަބްލިކްގެ ތަޖުރިބާކާރު ފްލައިންގ ސްކޫލަކުން ހިންގާ ފްލައިންގ ސްކޫލަށް ކުދިން ވެއްދުމުގައި އިސްކަންދޭންނިންމާފައިވަނީ އެކި ސަބަބުތަކާ ހެދި ޕައިލެޓް ޓްރޭނިން މެދުކެނޑުނު ދަރިވަރުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް