ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ ޔޫއޭއީގެ ދުބާއީގައި އެވެ. ދެބޭފުޅުން ބައްދަލު ކުރެއްވިކަން ހާމަކުރީ ރައީސް އޮފީހުގެ ރަސްމީ ޓުވިޓާ އެކައުންޓު މެދުވެރިކޮށެވެ.
ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.
https://twitter.com/presidencymv/status/1453647799522783235
ރައީސް ދުބާއީއަށް ވަޑައިގެން އުޅުއްވަނީ މިހާރު ކުރިޔަށް ދާ އެކްސްޕޯ2020 ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅު މިހާރު ނިންމާލައްވާފައިވާ ކަމަށެވެ.
އެކަމަކު އަދި ރައީސް ސޯލިހު އެނބުރި ރާއްޖެ ވަޑައެއް ނުގަންނަވައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް