އަތޮޅުތެރޭގައި ބައިނަލް އަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓުތަކެއް އަޅަން ފަށަނީ

އަތޮޅު ތެރޭގައި ބައިނަލްއަގުވާމީ ނެޓްބޯލް ކޯޓުތައް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ. ރާއްޖޭގަ އެޅި ބައިނަލްއަގުވާމީ ފެންވަރުގެ ފުރަ...

28 Oct 2021 | 10:23

އަތޮޅު ތެރޭގައި ބައިނަލްއަގުވާމީ ނެޓްބޯލް ކޯޓުތައް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގަ އެޅި ބައިނަލްއަގުވާމީ ފެންވަރުގެ ފުރަތަމަ ނެޓް ބޯޅަ ކޯޓ އަޅާފައިވަނީ މާލޭގައި އެވެ. އަދި އެ ކޯޓު ބައިނަލްއަގުވާނީ ނެޓްބޯލް ޖަމިއްޔާއިން ވަނީ މިމަހުގެ 26 ވަނަ ދުވަހު ބަލައިގެންފަ އެވެ.

މިކަމާއި ގުޅިގެން މިއަދު މިނިސްޓަރު މަހުލޫފު ވިދާޅުވީ މާލޭގައި ފުރަތަމަ ބައިނަލްއަގުވާމީ ނެޓް ބޯޅަ ކޯޓެއް އެޅުމަކީ މަސައްކަތުގެ ފުރަތަމަ މަރުހަލާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކުރިޔަސް އޮތްތަކުގައި މިފެންވަރުގެ އިތުރު ކޯޓުތައް އަތޮޅު ތެރޭގައި އެޅުމުގެ ވިސްނުންވެސް އެބަ ހުރި ކަމަށެވެ.

މަހުލޫފު ވަނީ މާލޭގައި އެޅި ކޯޓު ބައިނަލްއަގުވާމީ ނެޓްބޯލް ޖަމިއްޔާއިން ބަލައިގެންފަ ވާތީ ޝުކުރު އަދާކޮށްފަ އެވެ. އަދި މިނިސްޓަރު ވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯލް މުބާރާތެއް ބޭއްވުމުގެ ޝައުގުވެރިކަން ހުރި ކަމަށްވެސް ވިދާޅުވެފަ އެވެ.

https://twitter.com/AhmedMahloof/status/1453625180325089281

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް