ކޯވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ނިސްބަތަށް ބަލައި ކަރަންޓީން ނުވެ ދަތުރު ކުރެވޭ ރަށްތަކުގެ ލިސްޓަށް ހއ. ދިއްދޫ އާއި ކުޅުދުއްފުށީ ސިޓީގެ އިތުރުން އައްޑޫ ސިޓީ އަރައިފި އެވެ.
އެޗްޕީއޭއިން ދަނީ ވެކްސިން ޖަހާ ނިސްބަތަށް އަންނަ ބަދަލާއި އެކު ޝަރުތުހަމަވަމުންދާ ރަށްތައް އެ ލިސްޓަށް އިތުރު ކުރަމުންނެވެ. އެންމެ ފަހުން އާންމު ކުރި އެ ލިސްޓުގައި 11 ރަށެއް ހިމެނެ އެވެ.
މިއާއި އެކު ކަރަންޓީން ވުމަކާއި ނުލައި ދަތުރު ކުރެވޭ ލިސްޓުގައި ހިމެނޭ ރަށްތަކުގެ އަދަދު ވަނީ155 އަށް އަރާފަ އެވެ. އައްޑޫ އާއި ކުޅުދުއްފުއްޓަށް ދާން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ކަނޑައެޅި އިރު މިދިޔަ މަހުން ފަހުކޮޅު އެ ލިސްޓުގައި ވަނީ ފުވައްމުލަކު ސިޓީ ހިމަނާފަ އެވެ.
ލިސްޓުގައި އަލަށް ހިމެނި ރަށްތައް:
- ހއ. ދިއްދޫ
- ހދ. މަކުނުދޫ
- ހދ. ކުޅުދުއްފުށި ސިޓީ
- ށ. ފީވަށް
- ރ. ހުޅުދުއްފާރު
- ރ. ފައިނު
- ކ. ކާށިދޫ
- ކ. ތުލުސްދޫ
- ތ. ދިޔަމިގިލި
- ލ. ކުނަހަންދޫ
- އައްޑޫ ސިޓީ
މިރަށްތައް ފިޔަވާ އެހެން ރަށްތަކަށް ދަތުރު ކުރާއިރު ވެކްސިން ފުރިހަމަ ނުކުރާ މީހުންގެ އަތުގައި72 ގަޑިއިރު ނުވާ ކޯވިޑް ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް