މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާ ދޫކޮށްލައިފި

އިސްލާމީ މަރުކަޒަށާއި ހުކުރު މިސްކިތަށް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މީހާ ދޫކޮށްލައިފި އެވެ. ފުލުހުންގެ މީޑިއާއިން ބުނީ އޭނާ ހައްޔަރު ކުރުމަށް ފަހު ދައުވާ ކޮށް ދިނުމަށް އެދި ޕީޖީގެ އޮފ...

28 Oct 2021 | 09:00

އިސްލާމީ މަރުކަޒަށާއި ހުކުރު މިސްކިތަށް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މީހާ ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ އޭނާ ހައްޔަރު ކުރުމަށް ފަހު ދައުވާ ކޮށް ދިނުމަށް އެދި ޕީޖީގެ އޮފީހަށް އާދީއްތަ ދުވަހު މައްސަލަ ފޮނުވުމަށް ފަހު މިހާރު އޭނާ ވަނީ ދޫކޮށްލާފައެވެ.

ފުލުހުން އިތުރަށް މަޢުލޫމާތު ދެެއްވި ގޮތުގައި އޭނާ ދޫކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

އެމީހާ ކުޑަކަމުދިޔައީ އިސްލާމީ މަރުކަޒުގައި މަޣުރިބު ނަމާދު ކުރަމުން ދަނިކޮަށް އިމާމުގެ ކުރިމައްޗައް އަރައެވެ.

މީގެ އިތުރުން ހުކުރު މިސްކިތްތެރެއަށާއި ރައީސް އޮފީހުގެ ދޮރު މައްޗައްވެސް ކުޑަކަމުގޮސްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް