ރޯގާ ޖެހިގެން ހަ ކުއްޖަކު އައިސީޔޫގައި އެބައޮތް: ޑރ. ފައިސަލް

ރޯގާ ފެތުރޭ މިންވަރު އިތުރުވެ މިވަގުތު އައިސީޔޫގައި ހަ ކުޑަކުއްޖަކަށް ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ. މިއަދު ކުރެއްވި ޓްވީޓ...

28 Oct 2021 | 08:30

ރޯގާ ފެތުރޭ މިންވަރު އިތުރުވެ މިވަގުތު އައިސީޔޫގައި ހަ ކުޑަކުއްޖަކަށް ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ފައިސަލް ވިދާޅުވީ ރޯގާ ފެތުރޭ މިންވަރު މަދުނުވާ ކަމަށެވެ. އަދި މި ވަގުތުވެސް ރޯގާ ޖެހިގެން އައިސީޔޫގައި ހަ ކުޑަ ކުއްޖަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

އިތުރަށް ވިދާޅުވެފައިވަނީ ތުއްތު ކުދިންގެ އެހެނިހެން ބަލިތައް ހުންނަމަ ރޯގާ ޖެހުމުން ބޮޑުވަރުވާ ކަމަށެވެ. ރޯގާ އިން ރައްކާތެރިވުމުގެ ގޮތުން އަތް ދޮވުމާއި، ކުދިން އުރާލަން ބައިހަދާފައި މީހުން ނުދާން ޑރ. ފައިސަލް އިލްތިމާސް ކުރެއްވި އެވެ.

https://twitter.com/Faisalnaifaru/status/1453560102548426753

ހަލުވިކަމާއިއެކު ފެތުރެމުންދާ އަރިދަފުސް ރޯގާއިން ރައްކާތެރިވެ ތިބުމަށްޓަކައި  އެޗްޕީއޭ އިން ވެސް ވަނީ އެންމެހާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އިލްތިމާސް ކޮށްފައެވެ. ރޯގާގެ އަލާމާތްތަށް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށް ބުނެފައިވެއެވެ.

އާންމު ސާފު ތާހިރު ކަމަށް ޚާއްސަ ސަމާލު ކަމެއް ދޭން އިރުޝާދު ދީފައިވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މި އޮކްޓޯބަރު މަހު ފުރަތަމަ15 ދުވަސް ތެރޭގައި 11،000 އަށްވުރެ ގިނަ މީހުން އަރިދަފުސް ރޯގާ ޖެހިގެން ހަމަ އެކަނި މާލެ ސަރަހައްދުން ރިޕޯޓުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް