ރާއްޖޭގެ ކޮވިޑް މެނޭޖުކުރުމަށްް އެމެރިކާއިން ދެ މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި

ކޮވިޑް މެނޭޖުކުރުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީ ވުމަށްޓަކައި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) މެދުވެރިކޮށް، އެމެރިކާއިން ރާއްޖެ...

28 Oct 2021 | 06:56

ކޮވިޑް މެނޭޖުކުރުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީ ވުމަށްޓަކައި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) މެދުވެރިކޮށް، އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފިއެެވެ.

އެގޮތުން މި އެހީ އިން ކޮވިޑް ގެ ކަންކަމުގައި ރާއްޖެއިން ގަންނަން ޖެހިފައިވާ ޒަރޫރީ ތަކެތި ގަތުމަށާއި ލެބޯޓަރީތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހަަރަދު ކުރެވި ގެންދާނެއެވެ. އަދި ރާއްޖޭގެ ރަށްރަށުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ހަރަދު ކުރެވިގެން ދާނެއެވެ.

މީގެ އިތުރުން ޓެލެމެޑިސިންގް ހިދުމަތް ހަރުދަނާ ކުރުމަށާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ހަރަދު ކުރެވިގެންދާނެއެވެ.

ޔޫެެއެސްއޭއިޑް މެދުވެރިކޮށް އެމެރިކާއިން ވަނީ ކޮވިޑް ގެ މި ހާލަތުން އަރައިގަތުމަށް ޓަކައި ރާއްޖެއަށް މީގެ ކުރިންވެސް ބޮޑެތި އެެހީ ތަކެއް ވެދީފައެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއަށް އިންތިހާ އަށް ބޭނުން ޖެހިފަިއިވި ވެންޓިލޭޓަރުގެ 60 ވެންޓިލޭޓަރާއި ހަތް މިލިއަން ޑޮލަރު ހަދިޔާ ކޮށްދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް