އެމްއެންޕީގެ ޕީޖީ ލީޑަރަކަށް ރިޔާޒު، ޑެޕިއުޓީއަކަށް އުޝާމް

މޯލްޑީވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޕާލަމެންޓްރޫ ގްރޫޕު ލީޑަރަކަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދު ރިޔާޒު އައްޔަން ކޮށްފި އެވެ. އެ ޕާޓި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ރެޖިސްޓްރީ ކޮށްދީފ...

28 Oct 2021 | 05:36

މޯލްޑީވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޕާލަމެންޓްރޫ ގްރޫޕު ލީޑަރަކަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދު ރިޔާޒު އައްޔަން ކޮށްފި އެވެ.

އެ ޕާޓި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ރެޖިސްޓްރީ ކޮށްދީފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީ ރެޖިސްޓްރީކޮށްފައިވާކަން އިއުލާނުކޮށްފަ އެވެ.

އެމްއެންޕީން ބުނީ މަޖިލީހުގެ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީ ހިމެނުމުން ޕީޖީ ގްރޫޕުގެ ލީޑަރާއި ޑެޕިއުޓީ ލީޑަރު ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ރިޔާޒު ޕީޖީ ލީޑަރަކަށް އައްޔަން ކުރައްވާފައިވާއިރު ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އައްޔަން ކޮށްފައިވާ ކަމަށް ބުނެ އެވެ.

އެޕާޓިގެ މަޖިލީސް މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ތިން މެންބަރުންނެވެ. އެއީ ރިޔާޒާއި އުޝާމްގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ.

އެމްއެންޕީ އާއި އެކު އެ ދަފްތަރުގައި ހަ ޕާޓީއެއް ރެޖިސްޓްރީވީ އެވެ. އެއީ 65 މެންބަރުންނާއެކު އެމްޑީޕީ، ހަ މެންބަރުންނާއެކު ޕީޕީއެމް، ތިން މެންބަރުންނާއެކު ޕީއެންސީ، ތިން މެންބަރުންނާއެކު ޖުމްހޫރީ ޕާޓީ، އަދި ދެ މެންބަރުންނާއެކު އެމްޑީއޭއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް