އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ ސަސުއޯލޯ އަތުން ފަހު ވަގުތު ވަލިވެ ލީގު ތާވަލުގެ އަށް ވަނައަށް ޔުވެންޓަސް ވެއްޓިއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ ސަސުއޯލޯ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސަސުއޯލޯއިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ގްރެގޯ ޑީފްރެލް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑަވީޑޭ ފްރަޓޭސީއެވެ.
ސަސުއޯލޯ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ފަހު ހާފަށް ކުޅެން ނިކުމެ މެޗުގެ 76 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕައުލޯ ޑިބާލާގެ އެހީތެރި ކަމާއި އެކު ވެސްޓަން މެކެނީއެވެ. އެހެން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަ ވެ ދެއްކި އިތުރު ވަގުތުގައި ސަސުއޯލޯއިން ވަނީ ލަނޑު ޖަހާ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. ޔުވެންޓަސްގެ މުޅި ޓީމު ކުރިޔަށް ޖެހިލި ވަގުތު ސަސުއޯލޯގެ ކުޅުންތެރިއަކު ވައްޓާލި ލޯންގް ބޯޅައަކުން ކައުންޓަ އެޓޭކުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެކްސިމް ލޮޕޭޒެވެ.
މި ނަތީޖާއާއެކު ޔުވެންޓަސް އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު 10 މެޗުން ލިބުނު ޕޮއިންޓާއެކުއެވެ. އަދި ޔުވެންޓަސް ބަލިކުރި ސަސުއޯލޯ އޮތީ ތާވަލުގެ ނުވަވަނައިގައި 10 މެޗުން 14 ޕޮއިންޓާއެކުއެވެ.
ޔުބެންޓަސް ލީގުގައި ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ރަށުން ބޭރުގައި ވެރޯނާއާއެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގައެވެ. އަދި ސަސުއޯލޯ ނިކުންނާނީ އަމިއްލަ ރަށުގައު އެމްޕޮލީއާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް