އައްޑޫން އަނެއްކާވެސް ކޯވިޑް މަރެއް، މިއީ މަހުގެ ފަސްވަނަ މަރު

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ ދަންވަރު 2:30 ހާއިރު ގައި އެވެ. މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ...

28 Oct 2021 | 04:44

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ ދަންވަރު 2:30 ހާއިރު ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ގައި އެވެ.

މިއީ އައްޑޫއިން ކޯވިޑްގައި މިމަހު މަރުވި ފަސް ވަނަ މީހާއެވެ. މިދިޔަ އަންގާރަ ދުވަހުވެސް އެ ސިޓީން ދެމީހަކު ކޯވިޑަށް ފަރުވާދެނިކޮށް މަރުވެފައިވެ އެވެ.

މީގެ ކުރިން މިމަހު އެ ފެސިލިޓީގައި ފަރުވާ ދިން މީހުންގެ ތެރެއިން މަރުވެފައިވަނީ އަށް ވަނަ ދުވަހާއި 14 ވަނަ ދުވަހު އަދި 18 ވަނަ ދުވަހު އެވެ.

މިއަދު އައްޑޫއިން މަރުވި މިހާ އާއި އެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 243 އަށް އަރާފަ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 87،359 އަށް އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް