ބޮޑު ހިޔާނާތުގެ ތަހުގީގަށް ޣައްސާން ހާޒިރުކޮށް ސުވާލުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ މައްސަލައިގާ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން މިރޭ ޕޮލިހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ. އޭނ...

28 Oct 2019 | 18:05

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ މައްސަލައިގާ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން މިރޭ ޕޮލިހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

އޭނާ ހާޒިރުކޮށް ސުވާލުކޮށްފައިވަނީ އެ ހިޔާނާތުގައި މަންފާ ލިބުނު ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގާކަން ކަށަވަރު ކުރެވުނު ނަމަވެސް މިކަމުގައި އަދި ފުލުހުންގެ ރަސްމީ ބަހެއް ނުލިބެއެވެ. އަދި ޣައްސާން މައުމޫންގެ ފޯނު ނިވާލާފައި އޮތުމުން އޭނާގެ ބަހެއްވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފެންމަތިވި އިރު ޣައްސާން ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގައި ގުރައިދޫ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ޣައްސާނަކީ އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ނައިބުރައީސްވެސް މެއެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް 267 އަށް އަރާފައިވާއިރު މިކަމާއި ގުޅިގެން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހިޔާނާތުގެ މަންފާވި ކަމަށް މިހާރު އޮތް 19 ވަނަ މަޖިލީހުގެ 16 މެމްބަރަކަށް ތުހުމަތުކުރެއެވެ. 18 ވަނަ ދައުރުގެ 44 މެމްބަރަކަށް ތުހުމަތު ކުރެއެވެ. މި ސަރުކާރުގެ ހަތް ބޭފުޅަކަށާއި ކުރީ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވި 30 ބޭފުޅަކަށް އެ ތުހުމަތު ކުރެއެވެ. މީގެ އިތުރުން ފަސް ފަނޑިޔާރަކާއި ސަލާމަތީ ހިދުމަތްތަކުގެ ހަތް އޮފިޝަރަކަށްވެސް އެ ހިޔާނާތުގެ މަންފާވި ކަމަށް ތުހުމަތު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް