ކޮން "އެކު" އެއް؟ "އެކު" ކޮންކަމެއް؟

ދިވެހި ރަދީފަށް ބަލައިފިނަމަ "އެކު" މި ބަހުގެ ތިން މާނައެއް އެބައޮތެވެ. އެއް މާނައަކީ "ހުރިހައި" އަނެއް މާނައަކީ "މިލިފައިވާ" އަދި ތިން ވަނަ މާނައަކީ "އެކީގައި" މިއެވެ. އެއީ ބަހުގެ މާނައެވެ. އެހެން ނަ...

28 Oct 2019 | 12:24

ދިވެހި ރަދީފަށް ބަލައިފިނަމަ "އެކު" މި ބަހުގެ ތިން މާނައެއް އެބައޮތެވެ. އެއް މާނައަކީ "ހުރިހައި" އަނެއް މާނައަކީ "މިލިފައިވާ" އަދި ތިން ވަނަ މާނައަކީ "އެކީގައި" މިއެވެ.

އެއީ ބަހުގެ މާނައެވެ. އެހެން ނަމަވެސް ވާން މިއުޅެނީ ކީއްކަން އަދި އޮތީ ހަމަ ބޮޑު "ސަސްޕެންސެއް"ގެ ތެރޭގައެވެ.

ދައްކަން މިއުޅެނީ އުރީދޫ މޯލްޑިވްސް އިން މީގެ އިރުކޮޅެއް ކުރިން ބަދަލުކުރި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕްރޮފައިލް ފޮޓޯގެ ވާހަކައެވެ.

ހުދު ބެކްގްރައުންޑެއްގައި "ރަތް" ކުލައިގެ ދެ ސައިޒެއްގެ ދެ ބޮޅު ގުޅި ލާމެހިފައި އިން އިރު ބޮޑު ބޮޅުގެ އެތެރޭގައި ލިޔެފައިވަނީ ހަމަ އެކަނި "އެކު" މި ބަހެވެ. އިތުރު އެއްވެސް ތަފްސީލެއް ނެތެވެ.

"އެކުއޭރިއަމްތަ؟"، "އެކުވެނި؟"، "އެކުވެރި؟" "އެކުގާ؟" "އެކުޅިވަރު؟" މި ސުވާލުތަކަކީ އުރީދޫގެ ފޭސްބުކް ޕޭޖަށް މީގެ ކުޑަ އިރުކޮޅެއް ކުރިން ކޮށްފައިވާ ކޮމެންޓެކެވެ. މި ކޮމެންޓް ކުރި ފަރާތުގެ ހިތުގައިވެސް އެތައް ސުވާލެއް އުފެދިފައިވާހެން އަހަރެމެންގެ ހިތުގައިވެސް އުފެދެނީ ހަމަ އެފަދަ ސުވާލުތަކެކެވެ.

އެނގޭހާވެސް ކަމަކީ މިއީ އާކަމެއްގެ ފެށުމަށް ވުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ކަމެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދިވެހި މުޖްތަމައުގެ ދޭދޭ ގުޅުންތައް ބަދަހިކޮށްދޭ، އަދި މުޖްތަމައުއަށް ފައިދާކުރާނެ ގިނަގުން ކަންތައްތަކެއް އުރީދޫއިން ވަނީ ތައާރަފް ކޮށްފައެވެ.

ކޮން "އެކު"އެއް ހެއްޔެވެ؟ ނޫން ނަމަ "އެކު" ކޮން ކަމެއް ހެއްޔެވެ؟

އޮތީ ހަމަ އެންމެ ގޮތެކެވެ.އެއީ އަހަރެމެންނާ އަދި އަދި އަހަރެމެންގެ ހިތުގައިވެސް މި އުފެދޭ ސުވާލުތަކާ "އެކު" އުރީދޫން އެބުނާ "އެކު"އެއްގެ މާނަ ނުވަތަ ރަމްޒުކޮށްދޭ ކަމެއް އެނގެންދެން ކެތް ކޮށްލައިގެން ތިބުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް