އަނެއް ތިން މީހުން ހައްޔަރުކުރީ އިރުފާން ރުޝްދީ ފިލުވަން އުޅުނު ކަމުގެ ތުހުމަތުގައި: ޕޮލިސް

މަރުގެ މައްސަލަތައް ތަހްގީގު ކުރާ ރިޔާސީ ކޮމިޝަނުން ހޯދަން އިއުލާނުކުރި އިރުފާނު ރުޝްދީ އާއެކު އަނެއް ތިން މީހުން ހައްޔަރުކުރީ އޭނާ ފިލުވަން އެ ތިން މީހުން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށް ފ...

28 Oct 2019 | 10:49

މަރުގެ މައްސަލަތައް ތަހްގީގު ކުރާ ރިޔާސީ ކޮމިޝަނުން ހޯދަން އިއުލާނުކުރި އިރުފާނު ރުޝްދީ އާއެކު އަނެއް ތިން މީހުން ހައްޔަރުކުރީ އޭނާ ފިލުވަން އެ ތިން މީހުން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިއަދު ދުވަހަށް މައުލޫމާތުދެއްވަމުންނެވެ.

މަރު ކޮމިޝަނުން އިރުފާން ހޯދަން އިއުލާނުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ތިނަދޫ ބޭރުން، ކަނޑުމަތިން ޕެޓްރޯލު ހުސްވެ ސިފައިންގެ އެހީތެރިކަމަށް އެދުނު ލޯންޗެއްގެ ތެރޭގައި ހުއްޓާ އޭނާ ހައްޔަރުކުރީ ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އިރުފާނާއެކު އެ ލޯންޗުގައި އިތުރު ތިން މީހަކު ތިބި ކަމަށާއި އެ ތިން މީހުންވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިއްޔެ ބުނެފައިވާގޮތުގައި އެ މައްސަލައިގާ ހިމެނޭ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ވަނީ ދީފައެވެ.

އިރުފާން ހޯދަން އިއުލާނު ކޮށްފައިވަނީ މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި މަރައިލި އުމުރުން 14 އަހަރުގެ ދެ ކުދިންގެ ތެރެއިން ފާތިރު މުހައްމަދުގެ މައްސަލައިގައެވެ.

އިރުފާން ހޯދަން އިއުލާނުކޮށް މަރު ކޮމިޝަނުން ކުރި ޓްވީޓްގައި ބުނެފައިވަނީ 2015 ގައި އިރުފާން ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން ބުނާ ކަމަށެވެ. ނަމަވެސް 2016 ވަނަ އަހަރު އެ މާރާމާރީ ހިންގިއިރު އޭނާ އެތަނުގައި އުޅޭތަން ސީސީޓީވީ ފްޓޭޖުން ފެންނަ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް