ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކުރި ޒުވާނާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަން އިއުލާނުކުރި ކ.މާލެ، ހ.ލާމިޔާ، އާމިނަތު ނަޝާ ނާޝިދު (23އ) އިއްޔެގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ.
ނަޝާ ފެނުނުއިރު ހާލު ރަގަޅު ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ނަޝާ ފެނިފައި މިވަނީ ގެއްލިގެން ރިޕޯޓު ކުރިތާ ފަސް ދުވަސް ފަހުންނެވެ.
ނަޝާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 01:30 ހާއިރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް