އުދަ އަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

މޫސުމާ ބެހޭ ޤައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފިއެވެ. އުދަ އަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށާއި، މެދުރާއްޖެތެރޭގެ އިތުރުނ...

28 Oct 2019 | 08:41

މޫސުމާ ބެހޭ ޤައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފިއެވެ.

އުދަ އަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށާއި، މެދުރާއްޖެތެރޭގެ އިތުރުން ދެކުނުގެ އަތޮޅުތަކަށެވެ. އެއޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވެ އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މި ސަރަހައްދަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެނަދުރު 13:00 އިން މިއަދު ހަވީރު 15:00 ގެ ނިޔަލަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއިއެކު ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި އުތުރާއި މެދު ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވެއެވެ.

މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އެވެ. ނަމަވެސް އެހެން ހިސާބު ތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް