މޯލްޑިވިއަން އިން ހަނިމާދޫ-ކޮޗިން ދަތުރުތައް މިއަދު

ޤައުމީ އެއާލައިނުން ހަދިމާދޫން ކޮޗިންއަށް ސީދާ ދަތުރުތައް މިއަދު ފަށާނެ އެވެ. މި ދަތުރުތައް މިއަދު ފަށާއިރު މޯލްޑިވިއަން އިން ވަނީ ހަނިމާދޫން ކޮޗިންއަށް ހިލޭ ދިއުމުގެ ރަނުގެ ފުރުސަތެއް ހުޅުވާލާފައެވެ....

28 Oct 2019 | 08:21

ޤައުމީ އެއާލައިނުން ހަދިމާދޫން ކޮޗިންއަށް ސީދާ ދަތުރުތައް މިއަދު ފަށާނެ އެވެ.

މި ދަތުރުތައް މިއަދު ފަށާއިރު މޯލްޑިވިއަން އިން ވަނީ ހަނިމާދޫން ކޮޗިންއަށް ހިލޭ ދިއުމުގެ ރަނުގެ ފުރުސަތެއް ހުޅުވާލާފައެވެ. ހާއްސަ ގޭމެއްގައި ބައިވެރިވެގެން ހަތަރު މީހަކަށް ހިލޭ ކޮޗިންއަށް ދިއުމުގެ ފުރުސަތު މޯލްޑިވިއަން އިން ވަނީ ހުޅުވާލައިފައެވެ.

މި ގޭމުގައި ކަބަޑުތަކެއް ބަހައްޓާފައި ހުންނައިރު، ކޮންމެވެސް ކަބަޑެއްގައި ކޮންޗިން އަށް ދިއުމުގެ ދެކޮޅު ޓިކެޓު އޮންނާނެ އެވެ. ކަބަޑު ހުޅުވޭނީ މި ކަބަޑުތަކުގެ ތަޅުދަނޑި ހަނިމާދޫ އެއާޕޯޓުގެ ޑިޕާޗާ ކައިރިން ހޯދުމަށްފަހު އެވެ. މިއަދު ހަވީރު 4:00ގައި މިގޭމުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ފަރާތްތަކުން ދިއުމަށް މޯލްޑިވިއަންއިން ވަނީ އެދިފައެވެ.

https://twitter.com/MaldivianAero/status/1188711809353572353

މޯލްޑިވިއަން އިން ހަނިމާދޫ-ކޮޗިން ދަތުރުތަކުގެ ޓިކެޓް ވިއްކަނީ 199 ޑޮލަރަށެވެ. ނަމަވެސް މާލެ-ކޮޗިންގެ ދަތުރުތަކުގެ ޓިކެޓް ވިއްކަނީ 150 ޑޮލަރަށެވެ.

މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު ވެސް ވަނީ ދަތުރުތައް ފަށަފައެވެ. އަލަށް ފެށި ރޫޓުގެ ސަބަބުން ބޭސް ފަރުވާއަށް ކޮޗިންއަށް ދަތުރު ކުރާ ދިވެހިންނަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް