އޮޑިޓް އޮފީހުގެ ބަޖެޓް 64 މިލިއަނަށް ބޮޑުކޮށްދޭން ނިންމައިފި

އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓްގެ ގޮތުގައި އަންނަ އަހަރަށް 64 މިލިއަން ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމައިފިއެވެ. ހިނގަމުން މިދާ އަހަރަށް އޮޑިޓު އޮފީހަށް ފާސްކޮށްދީފައިވ...

28 Oct 2019 | 08:18

އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓްގެ ގޮތުގައި އަންނަ އަހަރަށް 64 މިލިއަން ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމައިފިއެވެ.

ހިނގަމުން މިދާ އަހަރަށް އޮޑިޓު އޮފީހަށް ފާސްކޮށްދީފައިވަނީ 60 މިލިއަން ރުފިޔާފެ ބަޖެޓެކެވެ. ނަމަވެސް އިތުރު ހަތަރު މިލިއަން ރުފިޔާ އިތުރު ކޮށްދިނުމަށް ކޮމެޓީން ނިންމިއެވެ.

  • އޮޑިޓަ ޖެނެރަލްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށް - 795،000
  • މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށް - 43.98 މިލިއަން ރުފިޔާ
  • ޕެންޝަން ފައިސާއަށް - 1.25 މިލިއަން ރުފިޔާ
  • މުވައްޒަފުން ތަމްރީނު ކުރުމާއި ފެންވަރު މަތިކުރުން - 1.74 މިލިއަން ރުފިޔާ
  • ދަތުރުފަތުރާއި އެހެނިހެން ކަންތައްތަކުގެ ހަރަދު - 4.89 މިލިއަން ރުފިޔާ

މުވައްޒަފުންގެ މުސާރައަށް ބޮޑު އަދަދެއް ބޭނުންވާ ކަމަށް އޮޑިޓް އޮފީހުން ލަފާކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން މުވައްޒަފުންނަށް އިތުރު ގަޑި ދޭން ނިންމާފައިވާތީ އެވެ. އެކަން ކަމަށް ބަލައި ކޮމިޓީއިން ނިންމާފައިވަނީ 64 މިލިއަނުގެ ބަޖެޓެއް ފާސްކޮށްދިނުމަށެވެ.

އޮޑިޓު އޮފީހުގެ ބަޖެޓު ކޮމެޓީން ފާސް ކޮށްދީފައިވާއިރު އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާނެ ބަޖެޓަކީ40 ބިލިއަން ރުފިޔާގެ ބަޖެޓެއްކަން މިއަދު ވަނީ ހާމަވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް