މިރޭ ދަރުބާރުގެ ސަރަހައްދުގައި ޓްރެފިކަށް ބަދަލުތަކެއް ގެންނަނީ

މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދުވަސްހުގެ ރަސްމީ ޖަލްސާއާއި ގުޅިގެން އެސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަން ފުލުހުން ނިންމައިފިއެވެ. ފުލުހުން މިއަދު ކުރި ޓްވީޓަކުން ވަނީ...

28 Oct 2019 | 07:34

މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދުވަސްހުގެ ރަސްމީ ޖަލްސާއާއި ގުޅިގެން އެސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓަކުން ވަނީ އެސަރަހައްދަށް ގެނެވޭ ބަދަލުތަކުގެ ޗާޓެއް އާންމުކޮށްފައެވެ.

ޗާޓުގައި ރީންދޫ ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ރޭގެ 12:00ގެ ނިޔަލަށް ނެގުމަށް ވަނީ އަންގާފައެވެ. ޖަލްސާ ނިމެންދެން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް ޕާކުކުރުމަކީ މަނާ ކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޗާޓުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި މިރޭ 19:15 އިން ފެށިގެން ޖަލްސާ ނިމެންދެން އެ އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 5 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 21 ބޭފުޅަކަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއިން ވަނީ ނިންމައިފައެވެ. ޖަލްސާ ފެށޭނީ މިރޭ 20:45 ގައި ދަރުބާރުގޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް