ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަގާމަށް ބޭފުޅަކު ހޮވުމުގެ ގޮތުން ބާއްވާ ބައި އިލެކްޝަންގެ އިންތިހާބު މިއަދު ފަށައިފިއެވެ.
ބާ ކައުންސިލްގެ މެމްބަރު ކަމަށް ބޭފުޅަކު ހޮވުމަށް ބާއްވާ މި އިންތިހާބު މިއަދު 9:00 ގައި ފަށާފައިވާއިރު، މިއަދު 15:00 އަށް ވޯޓުލުން ކުރިއަށްދާނެއެވެ.
މި އިންތިހާބު ކުރިއަށް ދަނީ އިލެކްޝަން ކޮމިޝަނުގެ އިންތިހާބީ މަރުކަޒު ހުންނަ ބާޖަމާލުއްދީން އިމާރާތުގައެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމެއް ހުސްވެފައި ވަނީ އެ ކޮމެޓީގެ މެމްބަރަކަށް ހުންނެވި އައިޝާ ޝުޖޫން މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ހުސްވި މަގާމަށް ކުރިމަތިލައްވާފައި ވަނީ އަބްދުއްސަލާމް އާރިފް އާއި ނޫރުބާން ފަހުމީއެވެ.
މި އިންތިހާބުގައި ވޯޓު ޤާނޫނީ ލެވޭނީ ވަކީލުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް