ރާއްޖޭގެ އެންމެ ގިނަ ރިސޯޓުތަކުން ބައިވެރިވާ ޓޫރިޒަމް ޖޮބް ފެއާ، ފަރުކޮޅުފުށީގައި ރޭ ހުޅުވައިފިއެވެ.
އެ ނަމްބަރު ފާލަން ކައިރީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޖޮބް ފެއާ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސޓްރު، ފައްޔާޒު އިސްމާއިލް އެވެ. މި ފެއާގައި މިއަހަރު 67 ރިސޯޓަކުން ވަނީ ބައިވެރިވެފައެވެ.
މި ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހިލޭ ހުޅުވާލައިފައިވާއިރު، މާލެ ދެ ނަމްބަރު ފާލަން ކައިރިން ކޮންމެ 30 މިނެޓަކުން ފަރުކޮޅުފުއްޓަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވަލައިފައެވެ.
https://twitter.com/MoTmv/status/1177646452480151552
ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވިގޮތުގައި، ސަރުކާރުގެ ވައުދުތަކުގައި ހިމެނޭ ޖޮބް ސެންޓަރު އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުޅުވޭނެ ކަމަށާއި، މި ސެންޓަރުގައި ވަޒީފާ ދޭ ފަރާތުން ވަޒީފާ އިއުލާން ކުރުމާއިއެކު ވަޒީފާ އަށް އެދި ރަޖިސްޓްރީ ވާ މީހުންގެ ތެރެއިން ކޮލިފައިޑް މީހުންނަށް ވަޒީފާ ވަގުތުން ހަމަޖެހިގެންދާނެ ކަމަށެވެ.
ދުނިޔޭގެ ޓޫރިޒަމް ދުވަހާއި ގުޅިގެން ބާއްވާ ޖޮބްފެއާ އާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި ފެއާ އަކީ ހަމައެކަނި ދިވެހިންނަށް ހާއްސަ ކުރެވިފައިވާ ފެއާއެއް ކަމަށާއި، ކޮންމެ އަހަރަކު ވެސް މި ފެއާ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މިއަދުން ފެށިގެން ތިން ދުވަހަށް މި ފެއާ ކުރިއަށް ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް