ރާއްޖޭގައި މިއަދު ރާއްޖޭގެ ހުރިހާ ސުކޫލެއްގައި އޯލެވެލް އިމްތިޙާން ފަށައިފިއެވެ.
ގާތްގަނޑަކަށް 7000 ދަރިވަރުންނާއި އެކު މިއަދު ފެށި އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ 194 ސުކޫލެއްގައި އިމްތިހާނު ކުރިއަށް ދާނެއެވެ. މި އިމްތިހާނު ކުރިއަށް ދާނީ މިއަދުން ފެށިގެން ނޮވެމްބަރު 12 ގެ ނިޔަލަށެވެ.
މި އިމްތިހާނުގައި ސުކޫލުތަކުގެ އިތުރުން އަމިއްލަ ސެންޓަރުތަކުގެ ދަރިވަރުން ވެސް ވަނީ ބައިވެރިވެފައެވެ.
އޯލެވެލް އިމްތިހާނު މިއަދު ފެށިފައިވާއިރު، އެންމެ ފުރަތަމަ ދަރިވަރުން ހަދާނީ އެސްއެސްސީ އިމްތިހާނުގެ ދެ މާއްދާއެވެ. އެގޮތުން މިއަދު ދަރިވަރުން ދިވެހި މާއްދާ ހަދާއިރު، މާދަމާ ހަދާނީ އިސްލާމް މާއްދާގެ ޕޭޕަރެވެ.
މި އިމްތިހާނަކީ ދަރިވަރުން ސުކޫލު ނިންމާއިރު އެންމެ އަހަންމިއްޔަތު ކަމެއް ދޭ އިމްތިހާނެވެ. އަދި 10 އަހަރު ދުވަހު ކިޔެވި ތަކެތީގެ ނަތީޖާ ވެސް ނެރޭނީ މި އިމްތިހާނުންނެވެ. އެހެންކަމުން މިއަހަރު އޯލެވެލް ހަދާ ހުރިހާ ދަރިވަރުންނަށް ކާމިޔާބީ އަށް އެދެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް