އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދު އިސްލާހުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާކުރުމާ ގުޅިގެން، އަސާސީ ޕެންޝަނަށް އެދި ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް ވެސް ފާއިތުވެ ދިޔަ މުއްދަތަށް އަސާސީ ޕެންޝަން ދޭ ގޮތަށް ނިންމައި އުމުރުން ދުވަސްވީ މީހުނ...

28 Aug 2020 | 09:58

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާކުރުމާ ގުޅިގެން، އަސާސީ ޕެންޝަނަށް އެދި ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް ވެސް ފާއިތުވެ ދިޔަ މުއްދަތަށް އަސާސީ ޕެންޝަން ދޭ ގޮތަށް ނިންމައި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

ޕެންޝަން ދިނުމުގެ ގަވާއިދުގައި ކުރިން އޮތް ގޮތުން، އަސާސީ ޕެންޝަނުގެ ފައިސާ ޖަމާކޮށްދޭނީ، އަސާސީ ޕެންޝަނުގެ އުމުރު ހަމަވުމަށް ފަހު، ޕެންޝަނަށް އެދި ފޯމު ހުށައެޅުމުންނެވެ.

ނަމަވެސް ޕެންޝަން ގާނޫނުގެ 14 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް، މިހާރު ވަނީ ގަވާއިދު އިސްލާހުކޮށް، އެ އިސްލާހަށް އަމަލުކުރަން ފަށައިފަ އެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލާ ފަހުން 30 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށް، އަސާސީ ޕެންޝަން ހައްގުވާ އުމުރު ފުރޭ ފަރާތްތަކުގެ ތެރެއިން އަސާސީ ޕެންޝަން ލިބުމަށް އެދި ފޯމު ހުށަހެޅިފައި ނުވާ ފަރާތަކުން، އެ ހާލަތު އުވާލާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އަސާސީ ޕެންޝަނަށް އެދި ފޯމު ހުށަހަޅައިފި ނަމަ، އެ ފަރާތަކަށް އަސާސީ ޕެންޝަން ހައްގުވާ އުމުރު ފުރުނު މަހުން ފެށިގެން އަސާސީ ޕެންޝަނުގެ ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ.

އަދި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމުން، އެ މާއްދާގެ ދަށުން ޝަރުތު ހަމަވާ މުއްދަތުތައް ބަޔާންކޮށް ޕެންޝަން އޮފީހުން އާންމުކޮށް އިއުލާނުކުރަން ވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

މިހާރު ޕެންޝަންގެ ފައިސާ ޖަމާކޮށްދެމުން އަންނަނީ ޕެންޝަނަށް އެދި ހުށައަޅާ މަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް