ނުރަސްމީ ދަތުރުފުޅެއްގައި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައިވާއިރު އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރިލޭސިވިލާތުގައެވެ.
ރައީސް ނަޝީދު ފުރުވަން އެއާޕޯޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވައެވެ.
ކޯވިޑުގެ މި ހާލަތުގައި ރައީސް ނަޝީދު ބޭރަށް ފުރާވަޑައިގަންނަވާއިރު، މީގެ ކުރިން ރައީސް ނަޝީދު ވަނީ ކޯވިޑު ޓެސްޓެއް ހައްދަވާފައެވެ. މި އަހަރުގެ އޭޕްރީލް އެކެއްގައި ހެދި ޓެސްޓުގެ ނަތީޖާ ވަނީ ނެގަޓިވް ވެފައެވެ.
މަޖިލީހުގެ ރައީސް މިއަދު ބޭރަށް ފުރާވަޑައިގެންފައިވާއިރު އަންނަ ހޯމަ ދުވަހު އޮންނަ މަޖިލިސް ޖަލްސާއަށްފަހު މަޖިލިސް ޗުއްޓީއަށް ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް