ފޯ ނޭޝަންސް ޓޯނަމެންޓުގައި އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ރާއްޖެ ބަލިވެއްޖެ

ގަތަރުގައި ކުރިއަށްދާ ފޯ ނޭޝަންސް ޓޯނަމެންޓުގައި ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެއްޖެއެވެ. އެ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި އިންޑޮނޭޝިއާ އަތުން ރާއ...

28 Aug 2019 | 14:59

ގަތަރުގައި ކުރިއަށްދާ ފޯ ނޭޝަންސް ޓޯނަމެންޓުގައި ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެއްޖެއެވެ.

އެ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި އިންޑޮނޭޝިއާ އަތުން ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިވީ 4-0ގެ ނަތީޖާއަކުންނެވެ.

އެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުން ވެސް ވަނީ ބަލިވެފައެވެ. މިދިޔަ އާދީއްތަ ދުވަހު ޖޯޑަންއާ ދެކޮޅަށް ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 9-0ގެ ނަތީޖާއަކުންނެވެ.

ގައުމީ ޒުވާން ޓީމު ވަރުގަދަކުރުމުގެ ގޮތުން ދާދި ފަހުން އެޓީމު ވަނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)އާ ހަވާލުކޮށްފައެވެ. އެގޮތުން ގަތަރުގައި ކުރިއަށްދާ އެ މުބާރާތަކީ ޒުވާން ޓީމާއެކު ނިޒާމްބެގެ ފުރަތަމަ މުބާރާތެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގަތަރުގެ ދޯހާގައި ކުރިއަށްދާ ފޯ ނޭޝަންސް ޓޯނަމެންޓުގައި ރާއްޖޭގެ އިތުރުން ގަތަރާއި ޖޯޑަން އަދި އިންޑޮނޭޝިއާ ވާދަކުރެއެވެ. އެ މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް