އައިފޯނަށް "ވޯކީ ޓޯކީ" ފީޗަރ ގެންނަން އެޕަލް އިން މަސައްކަތް ކުރަނީ

ކައިރި މުސްތަގްބަލެއްގައި އެޕަލް އައިފޯނަށް "ވޯކީ ޓޯކީ" ފީޗަރ ގެންނަން އެޕަލް އިން މަސައްކަތްކުރަމުން އަންނަ ކަމަށް ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. މިކަން ރިޕޯޓްކޮށްފައިވަނީ އެޕަ...

28 Aug 2019 | 14:53

ކައިރި މުސްތަގްބަލެއްގައި އެޕަލް އައިފޯނަށް "ވޯކީ ޓޯކީ" ފީޗަރ ގެންނަން އެޕަލް އިން މަސައްކަތްކުރަމުން އަންނަ ކަމަށް ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މިކަން ރިޕޯޓްކޮށްފައިވަނީ އެޕަލް ކުންފުނީގެ އެތެރޭގެ ހަބަރުތައް ބޭރަށް ނެރޭ އިތުބާރު ހުރި ދެ މަސްދަރަކާއި ހަވާލާދީއެވެ. މިކަން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ "ދަ އިންފޮމޭޝަން" އިންނެވެ.

މި ފީޗަރ ގެ ކޯޑް ނަމެއްގެ ގޮތުގައި އެޕަލްއިން ބޭނުންކުރަނީ "ޕްރޮޖެކްޓް އޯޖީއާރުއެސް" ކަމުގައި ބުނެފައިވެއެވެ. މި ފީޗަރގެ ސަބަބުން ސެލިއުލާ ނެޓްވޯކް ނުލިބޭ ސަރަހައްދުތަކުގައިވެސް ރޭޑިއޯ ވޭވްސް މެދުވެރިކޮށް އެއް ފޯނުން އަނެއް ފޯނަށް އަޑު މެސެޖު ފޮނުވޭނެއެވެ. އިހު ޒަމާނުގައި ވޯކީ ޓޯކީ ބޭނުން ކުރަމުން އަންނަ ގޮތަށެވެ.

އެޕަލްއިން މި ޓެކްނޮލޮޖީ ފައްކާ ކުރަމުން އަންނަނީ އިންޓެލް އަދި ކުއަލްކޮމް އާއި އެކުގައެވެ. ނަމަވެސް މި ވަގުތު މި ޕްރޮޖެކްޓް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އެހެން ނަމަވެސް ކައިރި މުސްތަގްބަލެއްގައި އެޕަލް އައިފޯނަށް މި ފީޗާ ގެންނާނެ ކަމަށް މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް