ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ވަކި ގޮތަކަށް ވޯޓު ނުދެއްވީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެކަންޏެވެ.
އެ ނިންމުމުގައި ވަކި ގޮތަކަށް ގާސިމް ވޯޓު ނުދެއްވި ނަމަވެސް ވޯޓު ގަޑީގައި އެހި އެހެން ނިންމުންތަކަށް ގާސިމް ވޯޓު ދެއްވިއެވެ. އަދި ބަހުސް މަރުހަލާގައި މި މައްސަލައިގާ ބަހުސްވެސް ނުކުރައްވައެވެ.
ފަނޑިޔާރު ކަމުން ޑީޑީ ވަކިކޮށްފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި 72 މެމްބަރުންގެ އިއްތިފާގުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެ ވަގުތު ތަޅުމުގައި އިންނެވީ ގާސިމް އިބްރާހިމް އެކަންޏެވެ.
މިއަދު މަޖިލީހުގައި ނެގި ވޯޓުން، ފަނޑިޔާރު ކަމުން ޑީޑީ ވަކިކޮށްފައިވަނީ އޭނާ ފަނޑިޔާރު ކަމުން ވަކިކޮށްދިނުމަށްއެދި ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ފޮނުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް