މައްސަލައެއްގައި މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ  މައްސަލައަކާ ގުޅިގެން  މީހަކު ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ. ހޯދަމުންދަނީ ގއ.ކަނޑުހުޅުދޫ، ލިންކިން ޕާރކް، މުޙައްމ...

28 Aug 2019 | 12:07

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ  މައްސަލައަކާ ގުޅިގެން  މީހަކު ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ހޯދަމުންދަނީ ގއ.ކަނޑުހުޅުދޫ، ލިންކިން ޕާރކް، މުޙައްމަދު މަޤްޞަދު (38އ) އެވެ.

މުޙައްމަދު މަޤުޞަދާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓުގެ ޑިއުޓީ ނަމްބަރު 9660183 އަށް ގުޅުއްވައި ޙިއްސާކުރެއްވުން ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ފުލުހުން އެންމެހާ ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް