މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމްގެ ނަންފުޅު ރައީސް އިބްރާހިމް މުހައްމަދު ނޮމިނޭޓް ކުރައްވައި އެ ނަންފުޅު މަޖިލީހަށް ފޮނުއްވައިފިއެވެ.
https://twitter.com/MvSpokesperson/status/1166665127266963458?s=19
އަލީ ޚާޝިމް ފިނޭންސް މިނިސްޓަރުކަން ކުރެއްވީ ރައީސް ނަޝީދުގެ ސަރުކާރުގައި 2008 އިން 2010 އާއި ހަމައަށެވެ.
ގަވަރުނަރުގެ މަގާމަށް އަލީ ޚާޝިމްގެ ނަންފުޅު ރައީސް ނޮމިނޭޓްކުރައްވާފައިވާއިރު އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނަސީރު އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 24ގައެވެ.
ފިނޭންސް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން އަލީ ހާޝިމް ވަނީ އައްޑޫ އިންޓަނޭޝަނަލް ކުންފުނީގެ ޗެއާމަންކަންވެސް ކުރިން ކުރައްވާފައެވެ. މިވަގުތު އޭނާ ހުންނެނީ ޕްރެޒިޑެންޝަލް އެކްޝަން ކޮމިޓީގެ ޗެއާމަނުގެ މަގާމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް