ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ދީދީ މިއަދު މަގާމުން ވަކިކޮށްފައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީމައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 72 މެމްބަރުން ވަނީ ދީދީ މަގާމުން ވަކިކުރުމަށް ވޯޓު ދެއްވާފައެވެ.
ދީދީ ފަނޑިޔާރުކަމުން ވަކިކުރި ސަބަބުތަކުގެ ތެރޭގައި، ޝަރީއަތާއި ގުޅުވައިގެން ގިނަ މަންފާތަކެއް ހޯދުމާއި، ފަނޑިޔާރުންގެ ހުންނަންޖެހޭ ތެދުވެރި ކަމާއި އަމާނާތްތެރިކަން ނެތުން ހިމެނެއެވެ. އަދި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުންވެސް ހިމެނެއެވެ.
ދީދީގެ މައްޗަށް ގިނަ ތުހުމަތު ތަކެއް ކުރެވޭއިރު، އެއް ތުހުމަތަކީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކިގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ދީދީއަށްވެސް ފައިސާ ލިބިފައިވާކަމަށް އޮތުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް