މާމިގިލީގައި ފުލުހުން ހިންގި އޮޕަރޭޝަނަކުން މަސްތުވާތަކެއްޗާއި އެކީ އިއްޔެ ހައްޔަރުކުރި ދެ އަންހެނުންގެ ތެރެއިން އެކަކީ ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ކަން އެނގިއްޖެއެވެ.
މި މައްސަލާގައި ފުލުހުން މާމިގިލިން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދެ އަންހެނުންނެވެ. އެތަނުން އެކަކީ މަލް ކަން ކަށަވަރުވެފައިވާއިރު، އަނެއް އަންހެނަކީ ކާކުކަން އެނގިފައެއް ނުވެއެވެ.
މަލް އާއި އެކު އިތުރު އަންހެނަކު މަސްތުވާތަކެއްޗާއި އެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ، މާލެ އިން ފުރައިން މާމިގިއްޔަ އައި ލޯންޗަކުންނެވެ. މި ދެމީހުން ހުއްޓުވައި ބަލައި ފާސްކުރީ އެރަށު ބަނދަރުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ދެމީހުން ބަލައި ފާސްކުރިއިރު، މި ދެމީހުން ގެންގުޅުނު ދަބަހުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވެއެވެ.
މަލް އަކީ ދިވެހި ފިލްމީ ދާއިރާ އާއި ދާދިފަހުން ގުޅުނު ކުއްޖެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް