ތިނަދޫ ކައުންސިލްގެ ރައީސް މަގާމުން ވަކިކޮށްފި

ގދ. ތިނަދޫ ކައުންސިލްގެ ރައީސް، އިބްރާހިމް އަސްއަދު  މިއަދު މަގާމުން ވަކިކޮށްފިއެވެ. އަސްއަދު މަގާމުން ވަކިކޮށްފައި ވަނީ ތިނަދޫ ކައުންސިލް އިދާރާގައި، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެނެވެ. އަސް...

28 Aug 2019 | 08:02

ގދ. ތިނަދޫ ކައުންސިލްގެ ރައީސް، އިބްރާހިމް އަސްއަދު  މިއަދު މަގާމުން ވަކިކޮށްފިއެވެ.

އަސްއަދު މަގާމުން ވަކިކޮށްފައި ވަނީ ތިނަދޫ ކައުންސިލް އިދާރާގައި، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެނެވެ.

އަސްއަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކިކޮށްފައި ވަނީ ކައުންސިލްގެ އެހެން މެމްބަރުންނާ އޮންނަ ގުޅުން ކުޑަވުމާއި، ކައުންސިލްގެ ރައީސެއްގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުންނެވެ.

"ސީއެންއެމް" އާއި ހަވާލާދީ ތިނަދޫ ކައުންސިލް މެމްބަރު އަލީ އަމްޖަދު ވިދާޅުވީ، ކައުންސިލް ހިންގުމުގެ ކަންކަން ރަނގަޅު ކުރުމަށް ކައުންސިލްގެ ރައީސަށް 30 ދުވަހުގެ ނޯޓިސް އެއް ވެސް މިދިޔަ ޖުލައި މަހު ދީފައިވާނެ ކަމަށެވެ. އެހެންނަމަވެސް، އަސްއަދުގެ ފަރާތުން އެއްވެސް ވަރަކަށް ކައުންސިލްގެ ކަންކަމުގައި އެއްބާރުލުން ނުލިބޭކަމަށް އަމްޖަދު ވަނީ ފާހަގަކޮށްފައެވެ.

އެރަށު ކައުންސިލް ބައްދަލުވުމެއްގައި ނެގި މި ވޯޓުގައި، އެކައުންސިލްގައި ބާކީ ތިބި ހަތަރު މެމްބަރުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް