ގިނަ ޒަހަމްތަކަކާއެކު އައްޑޫ ސިޓީ މަރަދޫ ފުއްޓަރު ފަރާތުން އިއްޔެ ފެނުނު މީހާ އޮތީ އައިސީޔޫގައި ކަމަށާއި އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އިން ބުނެފިއެވެ.
އައްޑޫ މަރަދޫ ފުއްޓަރު ފަރާތުން އިއްޔެ ހަވީރު 3:30 އެ މީހާ ފެނުމާއެކު އޭނާ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދެމުން ބުނީ، އިއްޔެ ޒަހަމްތަކަކާއެކު ގެނައީ އުމުރުން39 އަހަރުގެ ފިރިހެނެއް ކަމަށާއި، އިންޓާނަލް ބްލީޑިންއަކަށް ޝައްކު ކުރެވޭތީ އެ މީހާއަށް ފުރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އަދި މިހާރު އިތުރު ފާރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަން ފާހަގަ ކުރެއްވިއެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، ފެންނަ ފެނުމަށް އޭނާޔަަށް ބަޔަކު ވަނީ އަނިޔާކޮށްފަ އެވެ. އަދި އޭނާގެ ގައިގެ އެތަން މިތަނުން ޒަހަމްތައް ފެންނަން ހުއްޓެވެ. މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ގެންދަނީ ތަޙުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް