ދެމަފިރިން އެކުގައި އުޅޭއިރު ފިރިމީހާ ފާޅުގައި ފޮޑި ޖަހާނަމަ އަނބިމީހާގެ އުމުރު ދިގުވާކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެކްސެޓާ އިން ކޮށްފައިވާ ދިރާސާއެކެވެ.
މި ދިރާސާގައި ބުނެފައިވާގޮތުގައި ފޮޑިއަކީ އޭގެ ވަސް (މަޑު ވަހެއް ނަމަ) ދުވާ މީހާގެ ދިފާއީ ނިޒާމުގެ ބާރު ވަރުގަދަކޮށްދޭ މާއްދާތައް އެކުލެވޭ ވަހެކެވެ. އަނބިމީހާ އާންމުގޮތެއްގައި ފަސޭހަކަމާއެކު ގިނަ ފަހަރަށް އެކްސްޕޯޒް ވާނީ ފިރިމީހާގެ ފޮޑިއަށް ކަމުގައިވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ފޮޑީގައި ހައިޑްރޮޖަން ސަލްފައިޑް ކެމިކަލް ހިމެނޭ ކަމަށާއި އޭގައިވެސް ސިއްހީ ގޮތުން ގިނަ ފައިދާތައް ހިމެނޭކަމަށް އެ ދިރާސާގައިވެއެވެ.
ޓައިމްސް އޮފް އިންޑިއާގެ އިއްޔެގެ އަދަދުގައި މި ދިރާސާގެ ވާހަކަ ރިޕޯޓްކޮށްފައިވީނަމަވެސް މިއީ ކޮން އިރަކު ކޮށްފައިވާ އަދި ކިހާ ފުޅާ ދާއިރާއެއްގައި ކޮށްފައިވާ ދިރާސާއެއް ކަން ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް