މަސްތުވާތަކެއްޗާއެކު މާމިގިލިން ދެ އަންހެނަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ އަންހެނަކު، އަދ. މާމިގިލިންހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ދެ އަނ...

28 Aug 2019 | 06:59

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ އަންހެނަކު، އަދ. މާމިގިލިންހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ދެ އަންހެނުންނެވެ.

މި ދެ އަންހެނުން ހައްޔަރު ކޮށްފައިވަނީ، އޮގަސްޓް 27 ވަނަ ދުވަހު 17:00 ހާއިރު މާލެއިން ފުރައިގެން މާމިގިއްޔަށް އަށްނަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ދެ އަންހެނުން ހުއްޓުވާފައިވަނީ މާމިގިލި ބަނދަރު ސަރަހައްދުންނެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މި ދެމީހުންގެން ގުޅުނު ދަބަހުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލަ އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް