އަނެއްކާވެސް ނަމާދަށް ހުރި މީހެއްގެ އައިފޯނު ވަގަށް ނެގި މައްސަލައެއް

މިދިޔަ ހޯމަ ދުވަހު މަޣްރިބް ނަމާދަށް ހުރި މީހެއްގެ އައިފޯނު ވަގަށް ނަގާފައިވާއިރު ހަމަ އެދުވަހުގެ އަސުރު ނަމާދަށް ހުރި މީހެއްގެ އައިފޯނުވެސް ވަގަށް ނަގާފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މ...

28 Aug 2019 | 06:53

މިދިޔަ ހޯމަ ދުވަހު މަޣްރިބް ނަމާދަށް ހުރި މީހެއްގެ އައިފޯނު ވަގަށް ނަގާފައިވާއިރު ހަމަ އެދުވަހުގެ އަސުރު ނަމާދަށް ހުރި މީހެއްގެ އައިފޯނުވެސް ވަގަށް ނަގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި އެ ދުވަހު މާލޭ މިސްކިތެއްގައި އަސުރު ނަމާދަށް ހުރި މީހެއްގެ އައިފޯނު އެކްސް އާރެއް ވަގަށް ނަގައިގެން އެދުވަހު 4:47 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

"ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ކުރި މަސައްކަތުން ރޭގެ ވަގުތެއްގައި އެ ފޯނު މީހަކަށް ވިއްކާލާފައިވަނިކޮށް އަނބުރާ ހޯދައި އޭގެ ވެރިފަރާތާ ވަނީ ހަވާލުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައިގާ ތުހުމަތު ކުރެވޭ ފަރާތް މިސްކިތުން ފޯނު ވަގަށް ނަގާފައި އެހެން މީހަކަށް އެ ފޯނު ވިއްކާލި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ފޯނު ވަގަށް ނެގި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މިސްކިތަށް ނަމާދަށް އަރާވަޑައިގަތުމުގެ ކުރިން، އެ ބޭފުޅެއްގެ ތަކެތި އެ ބޭފުޅެއްގެ ޖީބުގައި ބެހެއްޓެވުމަކީ އެދެވިގެން ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް