ބޯޓަކުން ބައިލައްކަ އެއްހާ ރުފިޔާ ވަގަށް ނަގައިފި

މާލެ ދަތުރުކުރާ ބޯޓަކުން ބައިލައްކައެއްހާ ރުފިޔާ ވަގަށް ނަގައިފިއެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ފ.އަތޮޅާއި މާލެ އާއި ދޭތެރޭ ދަތުރު ކުރާ މި ބޯޓުން ވަަގަށް ނަގާފައިވަނީ 450،000 ރުފިޔާއެވެ. އެ ބޯޓ...

28 Aug 2019 | 06:38

މާލެ ދަތުރުކުރާ ބޯޓަކުން ބައިލައްކައެއްހާ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ފ.އަތޮޅާއި މާލެ އާއި ދޭތެރޭ ދަތުރު ކުރާ މި ބޯޓުން ވަަގަށް ނަގާފައިވަނީ 450،000 ރުފިޔާއެވެ. އެ ބޯޓަކީ ފ.ބިލެއްދޫއަށް ނިސްބަތްވާ “އެންދެރި” ނަމަކަށް ކިޔާ ބޯޓެއް ކަމަށްވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިފައިސާތައް ވަގަށް ނަގާފައިވަނީ ހޯމަ ދުވަހުގެ ރޭ މާލެއިން ފުރައިގެން ފ.އަތޮޅަށް ކުރި ދަތުރުގެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށައި، މިހާރު މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް