2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" އަންނަ އޮކްޓޯބަރުމަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިއަހަރުގެ އެގްޒިބިޝަން ފެއަރ ގައި 250 ކުންފުންޏަކުން 2000 އަށްވުރެ ގިނަ ބްރޭންޑް ދައްކާލުމަށް ހަމަޖެހިފައިވާއިރު ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރުމަހުގެ 6 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ފެއަރ އިންތިޒާމްކުރާ މޯލްޑިވްސް އެންޑް ކޮންފަރެންސް ސަރވިސަސްއިން ބުނި ގޮތުގައި، މި ފެއަރގެ އެންމެ މުހިންމު އެއް މަޤުޞަދަކީ ހޮސްޕިޓާލިޓީ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކާއި، ސަޕްލައިކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ބަދަހި ގުޅުމެއް އުފެއްދުމެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނިގޮތުގައި، އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ވެބްސައިޓުން ފެއަރގައި ބައިވެރިވެވޭނެއެވެ.
"ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" އަކީ ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު އެއް ފެއަރއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް