އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސްކުރުމަށް މަޖިލީހަށް ގަރާރެއް

ވަޒީފާ އަދާކުރާ މީހަކަށް މަހެއްގެ މައްޗަށް ލިބޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ. މި ގަރާރު މަޖިލީހަށް މިއަދު ހުށަހެޅުއްވީ ދުވާފަރު ދ...

28 Aug 2019 | 06:27

ވަޒީފާ އަދާކުރާ މީހަކަށް މަހެއްގެ މައްޗަށް ލިބޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މި ގަރާރު މަޖިލީހަށް މިއަދު ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު، އިސްމާއިލް އަހުމަދުއެވެ.

އެ ގަރާރުގައި ވާގޮތުގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ އުސޫލެއް ގާއިމުކޮށް، އެ އުސޫލުގެ ދަށުން އުޖޫރަ ކަނޑައެޅުން މުހިންމު ކަމަށެވެ. އަދި ކަނޑައަޅާ އެންމެ ކުޑަ އުޖޫރަ ނުދޭ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތާއި ދެވޭނެ އަދަބުތައް ކަނޑައެޅިފައި އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެސް އެގަރާރުގައި ވެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވާ ކަމެއް ކަމަށާއި، އެކަށީގެންވާ ވަޒީފާއާ އެކު އިތުރު ވަޒީފާތައް ފަހިވެގެންދާނެ ކަމެއް ކަމަށް ވެސް އެގަރާރުގައި ބަޔާންކޮށްފައެވެ. އޭގެ ސަބަބުން ވަޒީފާ ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އެމްޑީޕީގެ "އެޖެންޑާ19" ގައި ހިމެނޭ ވައުދަކަށްވާއިރު، އެމްޑީޕީގެ ވިސްނުމަކީ ދިވެހި ޒުވާނުން ކުރިއަރުވައި ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ދިވެހިން ޝާމިލްވެ އުޅުމުގެ ފުރުސަތު އެތައް ގުނައަކުން އިތުރު ކުރުން ކަމަށް އެގަރާރުގައި ބުނެފައިވެއެވެ. އަދި ވަޒީފާ އަދާކުރަން ބޭނުންވާ ދިވެހިން ތިބި ނަމަ، އެ ވަޒީފާތަކަށް ބިދޭސީން ނުގެނެވޭ ގޮތަށް ގާނޫނު ލާޒިމް ކުރާކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށް މި ގަރާރުގައި އެކަމަށް މަރުހަބާ ކިޔާފައިވެއެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް މިނިމަމް ވޭޖްގެ ގޮތުގައި 200ރ ދިނުމަށް އެމްޑީޕީން ވަނީ މީގެކުރިން ކަނޑައަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް