އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަނު ކުރެއްވުމަށް ރައީސް ސޯލިހް މަޖިލީހަށް ފޮނުންވާފައިވާ ނަންތަކާއި މެދު އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
މަޖިލީހަށް ރައީސް ފޮނުއްވާފައިވާ ނަންތަކަކީ ފިޔާޒު މޫސާ އާއި، އަހްމަދު ފަޔާޒް ހަސަން އާއި، އަހްމަދު އާހިދު ރަޝީދާއި އަދި ފާތިމަތު ސައުސަން އެވެ.
އެގޮތުން މަޖިލީހުން ކުރި އިއުލާން ގައި ބުނެފައި ވަނީ، މި ނަންތަކާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއް ވޭތޯ ބެލުމަށް މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ރ) ގެ ދަށުން އިއުލާން ކުރާ ކަމަށެވެ.
މީގެ އިތުރުން، ސެޕްޓެމްބަރު 1 ގެ މެންދުރު 02:00 ގެ ކުރިން އެއްވެސް ޝަކުވާއެއްވާނަމަ އެ ފަރާތެއްގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް [email protected] އަށް މެއިލް ކުރުމަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އިއުލާންގައި ބުނެފައިވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވީ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް