މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިތުރު ދެ ހޮޓްލައިން ނަންބަރު ބޭނުންކުރުމަށް ހަމަޖައްސައިފިއެވެ.
އެ އޮތޯރިޓީން ބުނިގޮތުގައި، ބަންދު ގަޑިތަކުގައި ވެސް މި ދެ ހޮޓްލައިން އަށް ގުޅޭނެއެވެ.
އެ އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ބުނީ، ފޯރުކޮށްދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން ބަންދު ގަޑިތަކުގައިވެސް މުޙިއްމު ކަންތައްތައް ރިޕޯޓްކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން އެކަންކަމަށް އަވަސް ހައްލު ހޯދައި ދިނުމުގެ މަޤްޞަދުގައި ދެ ހޮޓްލައިން ނަންބަރު ބޭނުންކުރަން ހަމަޖެހިފައިވާކަމަށެވެ.
އެ އޮތޯރިޓީން އަލަށް ހަމަޖެއްސި ދެ ހޮޓްލައިން ނަންބަރު:
- މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ނުވަތަ ބޭހާއި ބެހޭގޮތުން – 7200321
- ފުޑް ކޮންޓްރޯލް ޑިވިޜަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ނުވަތަ ކާޞޯތަކެއްޗާއި ގުޅޭގޮތުން - 7603204
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް