ލ.އަތޮޅުގެ ސީ.އެސް.ޖީ ތަކަށް ތަމްރީން ޕްރޮގްރާމެއް ހިންގައިފި

ލ.އަތޮޅުގެ ކޮމިއުނިޓީ ސޯޝަލް ގުރޫޕް (ސީ.އެސް.ޖީ) ތަކަށް އަމާޒު ކޮށްގެން ތަމްރީން ޕްރޮގްރާމް ތަކެއް ހިންގައިފިއެވެ. މި ތަމްރީން ޕްރޮގްރާމްތައް ހިންގައިފިވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަ...

28 Aug 2019 | 04:50

ލ.އަތޮޅުގެ ކޮމިއުނިޓީ ސޯޝަލް ގުރޫޕް (ސީ.އެސް.ޖީ) ތަކަށް އަމާޒު ކޮށްގެން ތަމްރީން ޕްރޮގްރާމް ތަކެއް ހިންގައިފިއެވެ.

މި ތަމްރީން ޕްރޮގްރާމްތައް ހިންގައިފިވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޔުނިސެފް މޯލްޑިވްސް އާއި ގުޅިގެންނެވެ.

އެގޮތުން މި މަހުގެ 24 އިން 26 އަށް ލ.އަތޮޅު ގަމުގައި ހިންގުނު މި ޕްރޮގްރާމްގައި ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، ފޮނަދޫ، ކުނަހަންދޫ އަދި މާވަށުގެ ސީ.އެސް.ޖީތަކުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ގެ މައިގަނޑު މަޤްޞަދަކީ ލ.އަތޮޅުގައި ގާއިމުކުރެވުނު ސީ.އެސް.ޖީތަކުގެ ދައުރާއި، ޒިންމާތަކަށް ކޮމިޓީގައި ތިއްބަވާ މެންބަރުންނަށް ކިޔާދެއްވާ، އިޖުތިމާޢީ މައްސަލަތަކާއި ނާޒުކު ޙާލަތުތަކުގައި ދިރިއުޅޭ ފަރާތްތަކާ ގުޅޭ ގޮތުން ފާހަގަކުރެވޭ މައްސަލަތަކާ މެދު ހޭލުންތެރިކުރުވުމާއި، އެފަދަ ފަރާތްތަކުގެ ދިރިއުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން، އެ ފަރާތްތަކަށް ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ދިނުމުގައި ހުރިހާ މުޢައްސަސާތައް އެކުގައި މަސައްކަތް ކުރެވޭނެ މާޙައުލެއް ގާއިމުކުރުމެވެ.

ސީ.އެސް.ޖީއެއްގައި ހިމެނެނީ ސޯޝަލް ވޯކަރުންގެ އިތުރުން ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި، ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒާއި، ސްކޫލާއި، ފުލުހުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަމްސީލުކުރާ ފަރާތެކެވެ. ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި މީހާރު ވަނީ ސީ.އެސް.ޖީތައް ގާއިމުކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް