ތިބާ ދެކެ އެެންމެ ލޯބިވަނީ ތިބާގެ މަންމަ ހެއްޔެވެ. ނުވަތަ ބައްޕަ ހެއްޔެވެ. ވިސްނާށެވެ. އެއީ ކޮންމެ މީހެއްކަމަށް ވިޔަސް ތިބާގެ ވެރި ރަހުމާންވަންތަ ރަހީމްވަންތަ ރަސްކަލާގެ ތިބާގެ ދެކެވާ ލޯބި އެއަށްވުރެ މާއިތުރެވެ. ތިބާގެ ހަޔާތުގައި އެއްވެސް މީހެއްގެ ލޯތްބަށްޓަކައި ނުވަތަ ލޯބީގެ ސަބަބުން ކަރުނައަޅާފައިވާނަަމަ ތިބާއަށް ކަރުނައިގެ އަސަރު އެނގޭނެއެވެ. ވިސްނާލާށެވެ. ތިބާގެ އާއިލާގެ މީހަކު ނިޔާވުމުން ކަރުނައިން ތި ދެލޯ ނުތެމޭ ހެއްޔެވެ. މީ އެއްބާވަތުގެ ކަރުނައެވެ.
ދެން ވިސާނާލާށެވެ. ތިބާގެ ހަޔާތުގަ ފާފަ އާއި ކުށްތައް ކުރެވުނު ކަމުގެ ހިތާމާގައި ތިބާ ކަރުނައަޅައިފިނަމަ އޭގެ ޖަޒާއަކީ ކޮބާކަން ތިބާއަށް އެނގޭ ހެއްޔެވެ. ހަމަ އެންމެ ކަރުނަ ތިއްކެއްގެ އަގު ތިބާއަށް އެނގޭނަމަ ތިބާ ހައިރާންވެ އަންތަރީސްވާނެއެވެ. މާތް ﷲ އަޅަމެން އެންމެންނަށް ފާފަ ފުއްސަވާ އެކަލާގެ ހަޒުރަތުގައި ކަރުނައިން ފޯވުމުގެ ތައުފީގު ދެއްވާށި.
https://www.youtube.com/watch?v=EXKcGB9MNhk
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް