މަސް ނުހިމެނޭ ކުކުޅު ކޭއެފްސީން ތައާރަފް ކުރަނީ !

މަސް ނުހިމެނޭ ކުކުޅުގެ އުފެއްދުމެއް ބާޒާރަށް ނެރެން ކެންޓަކީ ފްރައިޑް ޗިކަން "ކޭއެސްފީ" އިން ތައްޔާރުވެއްޖެއެވެ. މި އުފެއްދުމަކީ "ބިޔޯންޑް މީޓް" ނަމަކަށް ކިޔާ ކުންފުންޏަކާއެކު ޕާޓްނަޝިޕް އެއްބަސްވުމެއ...

28 Aug 2019 | 01:20

މަސް ނުހިމެނޭ ކުކުޅުގެ އުފެއްދުމެއް ބާޒާރަށް ނެރެން ކެންޓަކީ ފްރައިޑް ޗިކަން "ކޭއެސްފީ" އިން ތައްޔާރުވެއްޖެއެވެ.

މި އުފެއްދުމަކީ "ބިޔޯންޑް މީޓް" ނަމަކަށް ކިޔާ ކުންފުންޏަކާއެކު ޕާޓްނަޝިޕް އެއްބަސްވުމެއްގެ ދަށުން ކޭއެފްސީން ބާޒާރަށް ނެރެން ތައްޔާރުވަމުން އަންނަ އުފެއްދުމެކެވެ. މި އުފެއްދުމަށް ދީފައިވާނަމަކީ "ބިޔޯންޑް ފްރައިޑް ޗިކަން" އެވެ.

މި އުފެއްދުމުން ލާނީ ހަމަ ސީދާ ކޭއެފްސީ ކުކުޅު ރަހަ ކަމަށާއި ނަމަވެސް މި އުފެއްދުމުގައި އެއްވެސް ވަރަކަށް މަސް ބޭނުންކޮށްފައިނުވާނެ ކަމަށް ކޭއެފްސީން ބުނެފައިވެއެވެ.

އާންމު އައުޓްލެޓްތަކަށް މި އުފެއްދުން ދޫކޮށްލުމުގެ ކުރިން އެމެރިކާގެ ޖޯޖިއާގައި މިއުފެއްދުން މިއަދު، ކޭއެފްސީގެ އައުޓްލެޓްތަކުން ލިބޭނެ ކަމަށް ކޭއެފްސީން ބުނެފައިވެއެވެ. އަދި އެހެން އައުޓްލެޓްތަކަށް ދޫކޮށްލާނީ އަޖުމަ ބެލުމުގެ މި ޓެސްޓްގެ ނަތީޖާއަށް ފަހުގައި ކަމުގައިވެސް ކޭއެފްސީން ބުނެއެވެ.

މަސް ނުހިމެނޭ ކުކުޅު ތައާރަފް ކުރަން ކޭއެފްސީން ތައްޔާރުވެފައިވާއިރު ގެރި މަސް ނުހިމެނޭ ބީފް ބާގާއެއް މި އަހަރު ބާގާ ކިންގުން ތައާރަފް ކޮށްފައިވެއެވެ. "އިމްޕޮސިބަލް ވޮޕާ" ގެ ނަމުގައި ބާގާ ކިންގުން އެ އުފެއްދުން ތައާރަފް ކުރީ "އިމްޕޮސިބަލް ފުޑްސް" ނަމަކަށް ކިޔާ ކުންފުންޏަކާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް