ސައޫދީގައި ޕަބްލިކް ޕްރޮސެކިއުުޓަރުންގެ މަގާމަށް ފުރަތަމަ ފަހަރަށް ކަނބަލުންނަށް ޖާގަ ދީފި

ސައޫދީ އަރަބިއްޔާގައި ޕަބްލިކް ޕްރޮސެކިއުޓާ އިންވެސްޓިގޭޓަރުންގެ މަގާމަށް ފުރަތަމަ ފަހަރަށް ކަނބަލުންތަކެއް ނަގައި، އެ ކަނބަލުންނަށް މަގާމު ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އެގޮތުން ސައޫދީ...

28 Aug 2019 | 01:01

ސައޫދީ އަރަބިއްޔާގައި ޕަބްލިކް ޕްރޮސެކިއުޓާ އިންވެސްޓިގޭޓަރުންގެ މަގާމަށް ފުރަތަމަ ފަހަރަށް ކަނބަލުންތަކެއް ނަގައި، އެ ކަނބަލުންނަށް މަގާމު ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެގޮތުން ސައޫދީ ގެޒެޓްގައި އިއްޔެ ރިޕޯޓްކޮށްފައިވާގޮތުގައި ފުރަތަމަ ބެޗުގައިވެސް ގިނަ އަދަދެއްގެ ކަނބަލުން ވަނީ މި މަގާމަށް ނަގާފައެވެ. އަދި މިއީ ސައޫދީ ތާރީހުގައި ޕަބްލިކް ޕްރޮސެކިއުޝަންގެ ވަޒީފާއަށް ކަނބަލުން ނެގި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްފައިވެއެވެ.

އިއްޔެގެ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައޫދީ ޕަބްލިކް ޕްރޮސެކިއުޓަރު ޝެއިޚް ސައުދު އަލް-މުއާޖާބް ވިދާޅުވެފައިވަނީ ޕަބްލިކް ޕްރޮސެކިއުޝަންގެ އިތުރުން، ހަވާލުކުރެވޭ ކޮންމެ ވަޒީފާއަކާއި މަސްއޫލިއްޔަތެއް އަދާ ކުރުމުގައި ސައޫދީ ކަނބަލުންގެ ގާބިލުކަން ސާބިތުކޮށްދީފައިވާކަމަށެވެ.

"މި ސެކްޓަރުގައި ކަނބަލުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެން ދިޔަ މިއީ  ފުރަތަމަ ފަހަރު، މިއީ ސަލްމާން ރަސްގެފާނާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހެޔޮފުޅުކަން" އޭނާ ބުނެފައިވެއެވެ.

ރިޕޯޓްކޮށްފައިވާގޮތުގައި އަލަށް މަގާމާ ހަވާލުވި މި ކަނބަލުން، ކްރިމިނޯލޮޖީ ދާއިރާއިން އެއް އަހަރު ދުވަހުގެ ޑިޕްލޮމާ ކޯހެއް ފުރިހަމަ ކުރާނެއެވެ. އަމަލީ މައިދާނަށް ނިކުންނާނީ އެއަށްފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް