ޣައްޒާގައި ދެ ގޮވުމެއް ގޮވައި ހަމާސް އަށް ނިސްބަތްވާ ދެ ފުލުހަކު މަރުވެއްޖެ

ފަލަސްތީނުގެ ޣައްޒާގައި އިއްޔެ ދެ ގޮވުމެއް ގޮވައި، ހަމާސް ޖަމާއަތަށް ނިސްބަތްވާ ދެ ފުލުހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފިއެވެ. އެގޮން މި ދެ ހަމަލާވެސް އަމާޒުކޮށްފައިވަނީ ހަމާސް ޖަމާއަތުން ކޮންޓްރޯލު...

28 Aug 2019 | 00:49

ފަލަސްތީނުގެ ޣައްޒާގައި އިއްޔެ ދެ ގޮވުމެއް ގޮވައި، ހަމާސް ޖަމާއަތަށް ނިސްބަތްވާ ދެ ފުލުހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފިއެވެ.

އެގޮން މި ދެ ހަމަލާވެސް އަމާޒުކޮށްފައިވަނީ ހަމާސް ޖަމާއަތުން ކޮންޓްރޯލު ކުރަމުން އަންނަ ދެ ޗެކް ޕޮއިންޓަކަށެވެ.

މި ހަމަލާތަކުގެ ޒިންމާ އިޒްރޭލުން އުފުލާފައެއް ނުވެއެވެ. ނަމަވެސް ފަލަސްތީނުގެ ޣައްޒާގައި މުސްލިމުންނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ދެނީ ޔަހޫދީ އިޒްރޭލުންނެވެ.

މި ހަމަލާތަކާއި ގުޅިގެން ޣައްޒާ ސްޓްރިޕް ހިމެނޭ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާނުކޮށްފައިވާނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފައިވެއެވެ.

2007ގައި ކުރިއަށްދިޔަ ފަލަސްތީނުގެ ދާޚިލީ ހަނގުރާމައަށްފަހު ޣައްޒާ ސަރަހައްދު ކޮންޓްރޯލު ކުރަމުން އަންނަނީ ހަމާސް ޖަމާއަތުންނެވެ. ދާޚިލީ އެ ހަނގުރާމަ ހިނގާފައިވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފައުޖުތަކާއި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް