ޔޫއެފާ ޕްރެޒިޑެންޓްސް އެވޯޑު ކެންޓޯނާއަށް ދޭން ނިންމައިފި

މިއަހަރުގެ ޔޫއެފާ ޕްރެޒިޑެންޓްސް އެވޯޑު މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް އެރިކް ކެންޓޯނާއަށް ދިނުމަށް ނިންމައިފިއެވެ. ކެންޓޯނާއަށް ޔޫއެފާ ޕްރެޒިޑެންޓްސް އެވޯޑު ދިނުމަށް ނިންމާފައިވަނީ ފުޓުބޯޅައަށް އޭނ...

28 Aug 2019 | 00:25

މިއަހަރުގެ ޔޫއެފާ ޕްރެޒިޑެންޓްސް އެވޯޑު މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް އެރިކް ކެންޓޯނާއަށް ދިނުމަށް ނިންމައިފިއެވެ.

ކެންޓޯނާއަށް ޔޫއެފާ ޕްރެޒިޑެންޓްސް އެވޯޑު ދިނުމަށް ނިންމާފައިވަނީ ފުޓުބޯޅައަށް އޭނާ ކުރަމުން އަންނަ ހިދުމަތާއި ޗެރިޓީ މަސައްކަތްތަކާ ގުޅިގެންނެވެ.

އުމުރުން 53 އަހަރުގެ ކެންޓޯނާގެ 14 އަހަރުގެ ދިގު ކެރިޔަރުގައި އޭނާ ވަނީ 14 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ކުޅުންތެރިއެއްގެ ގޮތުގައި ޔުނައިޓެޑުގައި ހޭދަކުރި މުއްދަތުގައި ކެންޓޯނާ ހޯދި ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ.

ޔޫއެފާގެ ރައީސް އެލެކްސެންޑާ ސެފެރިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ އެވޯޑު ކެންޓޯނާއަށް ދޭން ނިންމާފައިވަނީ ހަމައެކަނި ފުޓުބޯޅަ ކެރިޔަރަށް ބަލައިގެން ނޫން ކަމަށާއި އޭނާ އިންސާނިއްޔަތަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ކެންޓޯނާއަށް އެ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ބާއްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުނެގުމަށް ބާއްވާ ރަސްމިއްޔާތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް