ކުރީގެ ދާޚިލީ ވަޒީރު އަޒްލީނަށް މަގުމަތިން ހަމަލާ ދީފި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި ޤައުމުގެ ދާޚިލީ ވަޒީރުކަން ކުރެއްވި އަޒްލީން އަހުމަދަށް މަގުމަތިން ހަމަލާ ދީފައިވާކަމަށް އޭނާ ބުނެފިއެވެ. އޭނާ ތުހުމަތު ކުރައްވާފައިވާގޮތުގައި އެ ހަމަލާ ދީފައިވ...

28 Aug 2019 | 00:10

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި ޤައުމުގެ ދާޚިލީ ވަޒީރުކަން ކުރެއްވި އަޒްލީން އަހުމަދަށް މަގުމަތިން ހަމަލާ ދީފައިވާކަމަށް އޭނާ ބުނެފިއެވެ.

އޭނާ ތުހުމަތު ކުރައްވާފައިވާގޮތުގައި އެ ހަމަލާ ދީފައިވަނީ އެމްޑީޕީ އެކްޓިވިސްޓެކެވެ.

"މިރޭ 12:15 ކަންހާއިރު އަޅުގަނޑު ގެ ކައިރީގައި ހުއްޓާ އެމްޑީޕީގެ އެކްޓިވިސްޓަކު އަޅުގަނަޑަށް ހަމަލާ ދީފި" ދަންވަރު 1:44ގައި އަޒްލީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

އެ ޓްވީޓްގައި އަޒްލީން ވިދާޅުވެފައިވާގޮތުގައި ހަމަލާ ދިނުމަށްފަހު، އޭނާ ފުނޑާލާނެ ކަމަށާއި ދުވަސް ދުއްވާލާނެ ކަމަށްބުނެ އިންޒާރުވެސް ދިނެވެ. މިކަން ސީރިއަސްކޮށް ތަހުގީގުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިލައްވާކަމުގައިވެސް އަޒްލީން ވިދާޅުވެފައިވެއެވެ.

އަޒްލީންގެ ޓްވީޓްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގް ކުރައްވާފައިވެއެވެ.

އަޒްލީނަށް މަގުމަތިން ހަމަލާ ދީފައިވާކަމަށް އޭނާ ބުނާއިރު، ރައީސް ޔާމީންގެ ޕްރޮގްރެސިވް ކޯލީޝަންގެ އިސް ބައެއް ބޭފުޅުންނާއެކު އަޒްލީން ވަނީ ހޯމަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް