ރާއްޖޭގެ ރައީސަކަށް ހުންނަންވާނީ ވަރަށް ހިތްވަރުގަދަ ގަޓް ހުރި އަދި ތައުލީމީ ވެރިއެއް ކަމަށާއި އެއީ ރައީސް ޔާމީން ކަމުގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ލ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި މިއަދު ލ ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ތަފާތު އެކި ހަމަލާތައް ދެވުނު ކަމަށާއި، އެކަންކަމާ ގިނިކަންޏާ ކުރިމަތިލައްވައި، އެއްވެސް ރައްޔިތަކަށް ތަކުލީފެއް ނުޖައްސަވާ، ސިޔާސީ ހަނގުރާމަތައް ކުރައްވާ އެކަންކަން ކާމިޔާބުކުރެއްވިކަމަށެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ލ އަތޮޅުގެ ހުރިހާ ރަށަކުންވެސް ފެނުނު މަންޒަރަކީ ރައީސް ޔާމީނަށް އޮތް ތާއީދު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް