ރާއްޖޭގައި ބަނގުއާއި ހިމެނޭ ބުއިމެއް އާއްމު ފިހާރަތަކުގައި ވިއްކަމުން އަންނަ ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމުގައި ކަސްޓަމްސް އިން ބުނެފިއެވެ.
"ކަސްޓަމްސް އަށް މި މައްސަލަ ކުރިން ސުރެ ފާހަގަވެ، މި މައްސަލަ އަކީ ބަލަމުންދާ މައްސަލައެއް" މިއަދު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ކަސްޓަމްސް އިން ބުނެފައިވެއެވެ.
މިކަން ކަސްޓަމްސް އިން ބަލަމުން އަންނައިރު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ އާއްމު ފިހާރަތަކުގައި މިވަގުތު ވިއްކަމުންދާ، ޖަރުމަނުގެ މި އުފެއްދުމަކީ "އަލްކަހޯލް ފްރީ" ބުއިމެއް ކަމަށް ލިޔެފަ އޮތް ނަމަވެސް، މި ބުއިމުގަ ބަނގުއާވި ހިމެނިގެންވާކަމަށެވެ.
ކަސްޓަމްސް ސާވިސް އިން މިކަން ބައްލަވާ، މި ބުއިންތައް ރާއްޖޭގެ ފިހާރަތަކުން ނެންގެވުމަށް އިލްތިމާސް ކުރައްވާކަމުގައި އުމަރު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް